ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.

Ads by Asuru

ފުލުހުން ބުނެފައިވަނީ ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ ކަމަށެވެ.

ހޯދުމަށް އިއުލާނު ކޮށްފައިވަނީ ބަންގްލޭޝްގެ ރައްޔިތެއްކަމަށްވާ ސައީދުލް އިސްލާމްއެވެ.

ފުލުހުން ކުރި އިއުލާނުގައި ވަނީ، ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނަށް 2023 މެއި 11 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް ސައީދުލް އިސްލާމްއަށް އަންގާފައެވެ.

ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި މިގޮތަށް އިއުލާނުކުރެއެވެ.