މިލިޓަރީ އެއާޕޯޓެއްގެ ގޮތުގައި ކައްދޫ އެއާޕޯޓް ހިންގާ ކުންފުނި، ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޒަކަރިއްޔާ މަންސޫރު އައްޔަންކޮށްފިއެވެ.

Ads by Asuru

ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް ޒަކަރިއްޔާ މަންސޫރު އައްޔަންކޮށްފައިވާކަން ހާމަކުރީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ރޭ ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، އޭނާއަކީ އެ ކުންފުނި އުފެއްދުމާ އެކު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

ޒަކަރިއްޔާ މަންސޫރު ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ 39 އަހަރު ހިދުމަތްކުރެއްވުމަށް ފަހުގައެވެ.

އޭނާ ވަނީ ގައުމީ ދިފާއީ ބާރުގެ ލީޑަޝިޕްގެ ގިނަ މަގާމުތަކެއް އަދާކުރައްވައިފައެވެ.