އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް އެންމެ ރަނގަޅީ ކާކުތޯ، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ސުވާލު ކުރައްވައިފިއެވެ.

Ads by Asuru

ހަސަން ލަތީފު ޓްވިޓަރއަށް މި ސުވާލު ދޫކުރެއްވީ، ދެ ޗޮއިސްއަކާއެކުގައެވެ. އެއީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފޮރިން މިނިސްޓަރު ޝާހިދެވެ.

ގިނަ މީހުން ވޯޓުލާފައިވަނީ، ރަނގަޅީ ޝާހިދު ކަމަށެވެ.

 

ހަސަން މި ސުވާލު ކުރެއްވިއިރު، އޭނާ އަކީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ މެމްބަރެކެވެ.

ރައީސް ސޯލިހުގެ ރަނިންމޭޓު އަދި ކަނޑައަޅުއްވާފައިނުވާއިރު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ރަނިންމޭޓަކީ، ޖޭޕީގެ ފައިސަލް ނަސީމެވެ.