ހަސަދަވެރިކަމަކީ ވަރަށް ނުބައި ސިފައެވެ. ތިބާގެ ގާތް މީހަކަށް ނުވަތަ އެނޫންވެސް މީހަކަށް ނިއުމަތެއް ލިބޭ ހިނދު، އެ ނިއުމަތެއް ބީވެދިޔުމަށް އެދުމަކީ ހަސަދަވެރިކަމެވެ.

Ads by Asuru

ޝެއިހު ޝަފީއު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަސަދަވެރިކަމަކީ ހެޔޮ ކަންތައް ކައި ހުސްކޮށްލާ ދަރެއް ކަމަށެވެ.

”އެއާ ޚިލާފަށް، ތިބާގެ އަޚާއަށް ތިބާ ނިޢުމަތެއް ދެއްވުމަށް އެދި ދުޢާ ދަންނަވައިފިއްޔާ، ތިބާއަށް ވެސް އެ ނިޢުމަތެއް ލިބުން ކައިރިވެގެންވެއެވެ. އެހެނީ، ތިބާގެ އަޚާއަށް ޓަކައި ތިބާ ކުރާ ކޮންމެ ދުޢާއަކަށް މަލާއިކަތަކު އާމީންއޭ ވިދާޅުވެ، ތިބާއަށް ވެސް އެފަދައިން ދެއްވާށިއޭ ވިދާޅުވެ ދުޢާ ދަންނަވައެވެ.“

އެހެންކަމުން ހަސަދައިގެ ނުބައިކަމުން ދުރުވެގަންނަން ޖެހެއެވެ. އޭގެ ބަދަލުގައި އެދެންވީ ކޮންމެ މީހަކަށްވެސް ރަނގަޅު ގޮތެވެ.