ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރުމަށް އެދުނު އެންމެންނަށް އެ ފުރުޞަތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.
ރައީީސް މުޢިއްޒުގެ މި ނިންމެވުން، އެކްސްގައި ހާމަކުރެއްވީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް ޢަބްދުﷲއެވެ.
ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިޢާޔަތް ކުރެއްވުމަށްފަހު،ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭގޮތަށް ޕްރައިމަރީ…
— Abdul Raheem Abdulla (@Banafsaa) January 22, 2024
ރައީސް މިފަދަ ނިންމެވުމެއް ނިންމެވިއިރު، ކެންޑިޑެސީ ބާތިލުކުރި މައްސަލައިގައި ރޭ ޕީއެންސީގެ އޮފީސް ތެރޭގައި ވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ.
އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ގިނަ އަދަދެއްގެ ކެންޑިޑޭޓުން ފޯމު ހުށަހެޅިއެވެ.
ދެ ފަހަރެއްގެ މަތިން ޕްރައިމަރީ ލަސްކުރިއިރު، މިހާރު އެ އިންތިޚާބު ބާއްވަން ނިންމާފައި އޮތީ އަންނަ ހޮނިހިރު ދުވަހުއެވެ.
