ރާއްޖޭގައި ތިބި އިންޑިއާ ސިފައިން، މި ގައުމުން ފޭބުމަށާއި، އިންޑިއާއާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލައި ކުރިއަށް ގެންދާ ”އިންޑިއާ އައުޓް“ ހަރަކާތުގެ ދަށުން، ރޭ މާލޭގައި ބޭއްވި ސުލްހަވެރި އެއްވުމުގެ ބައިވެރިޔަކު ގެންގުޅުުނު ”އިންޑިއާ އައުޓް“ ލިޔެފައިވާ ދިދައެއް އަތުލުމަށް ސިފައިންގެ އޮފިޝަލަކު ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.
ވީޑިއޯގައި ފެންނަނީ، އުމުރުން އެންމެ 19 އަހަރުގެ ޕީޕީއެމްގެ ޔޫތު މެމްބަރު ނުހާ ފަހަތުން އެމްއެންޑީއެފްގެ އޮފިޝަލަކު ވަރަށް ބާރަށް ދުވެފައިވާ މަންޒަރެވެ. ނުހާގެ އަތުގައި އިންޑިއާ އައުޓް ލިޔެފައިވާ ބޮޑު ދިދައެއް އޮތެވެ. ސިފައިންގެ މީހާއަށް ނުހާ އަތު ނުވެގެން ވަކި ހިސާބަކުން އަނބުރާ އަންނަ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.
ފަހުން ނުހާ ހައްޔަރު ކުރިއިރު، އޭނާއަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ. އެގޮތުން އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭ ވީޑިއޯއެއްވެސް އާންމުވެފައިވެެެއެވެ.
What on earth is this!!! @MohamedNasheed @ibusolih @evattey @abdulla_shahid @article19UN @hrw @amnesty https://t.co/8mu5jiMx1D
— Ahmed Shaheed (@ahmedshaheed) May 19, 2022
ސިފައިންގެ މީހާ ދިދަ އަތުލަން ދުވާ ވީޑިއޯ ޓްވިޓަރގައި ވައިރަލް ވެފައިވާއިރު، ކޮމެންޓް ކުރި އެތައް ބައެއްގެ ފާޑުކިޔުން ވަނީ ދިވެހި ސަލާމަތީބާރުތަކަށް އަމާޒުވެފައެވެ. އެގޮތުން ބައެއް މީހުން ބުނި ގޮތުގައި، މިއަދު ދިވެހި ސިފައިންނާއި ފުލުހުންނަށް އަމިއްލަ ގައުމުގެ ރައްޔިތުންގެ މަސްލަަހަތަށްވުރެ މުހިންމީ އިންޑިއާގެ ”ކަރާމާތް“ ދެމެހެއްޓުން ކަމަށެވެ.
އިތުރު މީހަކު ކުރި ޓްވީޓެއްގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)އިން އިދިކޮޅުގައި ތިބިއިރު، ގާނޫނު އަސާސީން ކަށަވަރުކޮށްދޭ މިނިވަންކަމާއެކު ހިޔާލުފާޅުކުރުމުގެ ހައްގުގެ ވާހަކަ ދެއްކިއިރު، ވެރިކަން ލިބުމުން އަމަލުތައް ބަހައްޓަމުން ދަނީ ކިހިނެއްތޯ ސުވާލު ކޮށްފައިވެއެވެ.
Konthaaku mi jehunee?
Indhikolhuga thibi iru keehehchehi verikan libuneema handhaan nethenya koba hey votu ge beynun? Hiyaalufaalhukurumuge minivankamakah mihen fudaeh nuleveyne! https://t.co/Dhcs2QUsDQ— asadh (@asadhshaheed) May 20, 2022
ވީޑިއޯ ހިއްސާކޮށް ގިނަ މީހުން ވަނީ ނުހާގެ ދިފާއުގައި އަޑުއުފުލައިފައެވެ. އަދި މިއީ ފަލަސްތީނުގެ ބިމުގައި، ޔަހޫދީން ހިންގާ ފަދަ ލާއިންސާނީ އަމަލެއްގެ ގޮތުގައިވެސް ބައެއް ފަރާތްތަކުން ސިފަ ކުރިއެވެ.
¹Piss Pisss, What is this?
BJP dhashu viyass boduvaru!@MNDF_Official https://t.co/Uzy9qbbX89— Isthi🏴 (@Isthiri) May 20, 2022
އިދިކޮޅު ޕީޕީއެމްގެ އޮފީސް ކައިރިއަށް ރޭވެސް ގިނަ އަދަދެއްގެ ބަޔަކު އެއްވެ، އިންޑިއާގެ އަޅުވެތިކަމާ ދެކޮޅަށް އަޑު އުުފުލިއެވެ. ނަމަވެސް އެއްވުން ފެށުމާއެކު، އެސްއޯ ފުލުހުން ވަނީ އެއްވުމަށް ހުރަސް އަޅައިފައެވެ.
އެއްވުން ރޫޅާލުމަށް ސިފައިން ނުކުތްއިރު، ސިފައިން ނުކުމެފައިވަނީ، ފުލުހުން ސިފައިންގެ އެހީއަށް އެދިގެން ކަމެއް ސާފެއް ނޫނެވެ.
ރޭގެ އެއްވުމުގެ ތެެރެއިންވެސް ހަތް މީހަކު ހައްޔަރު ކުރިއެވެ. އަދި ފުލުހުންގެ ފަރާތުން އަނިޔާ ލިބުމުން، ދެ މީހަކު ހޮސްޕިޓަލަށްވެސް ގެންދިޔައެވެ.
”އިންޑިއާ އައުޓް“ ހަރަކާތް ހުއްޓުވުމަށް ފުލުހުންނާ ސިފައިން މަސައްކަތް ކުރަމުން އަންނައިރު، މި ހަރަކާތް ހުއްޓުވުމަށް ގޮވާލާ ގަރާރެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ނެރުއްވައިފައެވެ.
ނަމަވެސް އެ ގަރާރަކީ، ގާނޫނު އަސާސީން ލިބޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަކަށް ހުރަސް އަޅާ ގަރާރެއް ކަމަށް ބުނެ، އެއީ ޣައިރު ގާނޫނީ ގަރާރެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރެއެެވެ.

އިންޑިއާ އައުޓޭ ކިޔައިގެން ކޮންފަދަ ނުފޮރުއްޕާނެއްމީ ޔާމީން ހައްޔަރުކުރޭ
ކަލޭ ހައްޔަރު ކުރަންވީ
އިންޑިްއާއަށްގޮސްގެރިގޮރުބޯންއޮވެބަލައޭރުންނޮހޮރޮއްޕާނެއްނުޖެހޭނެ
ދިވެހި ގާނޫން އަސާސީ ގައި ލިޔެފައިވާ އެއްޗެއްގެ މަފްހޫމް ތަރުޖަމާ ކުރަން ނޭނގޭ ބުރާންތިން ތަކަކައް މަގުމަތީގެ ގާނޫނުތަކެއް ހިފައިގެން ގޮސް ރ.ޔާމީން ހައްޔަރުކުރުމަކީ ދޮންބަނޑާރައިންގެ ގައުމުގެ ލޭހިނގާ ދިވެހި އެއްމެ ދަރިޔަކު ދުނިޔޭގައި ހުއްޓާވެސް ދެން ކުރެވޭނެ ކަމެއް ނޫން ހޭވައްލާ ތައްޔާރު ހޭހުއްޓާ ދުލެއް ނުކުރާނަން
މިހިސާބަށް ސިފައިން ދިޔާމަ ކަޑައޭ…