ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޓޫރިޒަމް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްބައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުޙައްމަދު އަމީނެވެ.

އަދި ޔޫތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.

މި އެއްބަސްވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ޒުވާނުންނަށް އަމަލީ ތަމްރީނު (އޮން-ދަ-ޖޮބް ޓްރެއިނިން) ފޯރުކޮށް ދިނުމަށް އެކުލަވާލާފައިވާ ޕްރޮގްރާމެކެވެ.

މީގެ މައިގަނޑު މަގްސަދަކީ ދާއިރާގެ ދިގު މުއްދަތުގެ ވަޒީފާތަކަށް ދިވެހި ޒުވާނުން އަހުލުވެރިކުރުވައި، ބޭނުންވާ މުހިންމު ހުނަރުތައް ތަރައްގީކޮށް ދިނުމެވެ.