އުރީދޫގެ އެމްފައިސާ ޚިދުމަތް މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ފައިސާގެ އެހީ ފޯރުކޮށްދެވޭ ގޮތް ހަދައިފިއެވެ.
އުރީދޫއިން ބުނީ އެމްފައިސާ މެދުވެރިިކޮށް ހަދިޔާކުރާ ފައިސާގެެ އެހީ ފޯރުކޮށްދޭނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މެދުވެރިކޮށް ކަމަށެވެ.
އެމްފައިސާ މެދުވެރިކޮށް ފައިސާ ހަދިޔާ ކުރާނަމަ އެމްފައިސާއަށް ލޮގިން ވުމަށްފަހު ސްމާޓް ޕޭ ސެލެކްޓްކޮށް ކިއުއާރްކޯޑް ސްކޭން ނުވަތަ މާޗަންޓް ނަމްބަރު 9306501 ޖަހަންޖެހޭނެއެވެ. އޭގެފަހުން ބޭނުންވާ އަދަދު ޖެހުމަށްފަހު ކޮންފާމްކުރުމުން ފައިސާ ހަދިޔާ ކުރެވޭނެއެވެ.
ފަލަސްތީނަށް އެހީވުމުގެ ގޮތުން ފައިސާގެ އެހީ ހޯދުމުގެ ފުރުސަތު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ވަނީ ހުވާލާފައެވެ. އެގޮތުން އައިއޭސީން ހުޅުވާލި ފަންޑަށް އެއް ދުވަސް ތެރޭ މިލިއަނެއްހާ ރުފިޔާ ވަނީ ލިބިފައެވެ.
