މި އަހަރު ބާއްވަން ހަމަޖެހިފައިވާ ފަން ރަންގެ ބައިވެރިންނަށް އަދި އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ގޮތުން އުރީދޫން ވަނީ ބައިވެރިންނަށް ލިބޭ ބިބް ކަސްޓަމައިޒްކޮށް ބޭނުންވާ ނަން ޖެހުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.
އުރީދޫ ފަން ރަން ބިބްގައި ނަން ޖަހާނެ ގޮތް:
- ރެޖިސްޓަކޮށްލުމަށް މޫލީއަށް ޒިޔާރަތްކޮށްލާ: https://mool.ee/funrun2023
- ބޭނުންވާ ކިޓާއި ސައިޒު އިހުތިޔާރުކޮށް ކާޓްއަށް އެޑްކޮށްލާ
- ކާޓް އިހުތިޔާރުކޮށް ޗެކްއައުޓްކޮށްލާ
- ޑެލިވަރީ އެޑްރެސް އިހުތިޔާރުކޮށްލާ
- ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސްގައި ބިބްގައި ޖަހަން ބޭނުންވާ ނަން (ގިނަވެގެން ހަތް އަކުރު) ޖަހާލާ
- އޯޑަރު ކަށަވަރު ކުރަން ފައިސާ ދައްކާލާ
ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ލިބެން ހުންނާނެ ކަމަށް އުރީދޫން ބުނެއެވެ. އެ ކުންފުނިން ބުނެފައި ވަނީ 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ ކަމަށެވެ. އަދި 200 ރުފިޔާގެ ފަން ކިޓްތަކުގެ ތެރޭގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނޭ ކަމަށް އުރީދޫން ބުނެއެވެ.
06’އަހަރުން މަތީގެ އެންމެހައި ފަރާތްތަކަށް ފަން ރަންގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކަށާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ. އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.
އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލައިގެ އިތުރުން ފެނާއި ފޯމް އަދި މަޖާ ހަރަކާތްތަކެއް ކުރިއަށް ދާނެއެވެ.
ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުން – އުރީދޫ ފަން ރަންއަށް ރެޖިސްޓަރ ވުމަށް http://ore.do/funrun2023 ޒިޔާރަތްކޮށްލާށެވެ.
