އުރީދޫ މަސްރޭސް 2023ގެ މާލެ ސިޓީގެ ޗެމްޕިއަންކަން ޓީމް ސޮނީ ފިޝިން ހޯދައިފިއެވެ.

އުރީދޫއިން ބުނީ ސޮނީ ފިޝިން ޓީމުން މަސްރޭހުގެ އެއްވަނަ ހޯދީ ޖުމުލަ 860.34 ޕޮއިންޓާއިއެކު ކަމަށެވެ. ޗެމްޕިއަން ޓީމަށް އުރީދޫއިން ވަނީ ފައިސާގެ އިނާމުގެ ގޮތުގައި 25،000ރ. ދީފަ އެވެ.

މި މުބާރާތުގެ ރަނަރަޕްކަން ހޯދާފާވަނީ 698.7 ޕޮއިންޓާއެކު ޑެޓިއުންފިޝިންއިނެވެ. އަދި 412.18 ޕޮއިންޓާ އެކު މާލެ ސިޓީ އިން ތިންވަނަ ކާމިޔާބުކޮށްފާވަނީ ސްޓެލްކޯ މެން ޓީމުންނެވެ.

އެންމެ މޮޅު ފިރިހެން ކެޔޮޅަކަށް ޓީމް ކްރަންޗީސްގެ ނައުޝާދު ހޮވުނުއިރު، އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމް ހޯދީ ޑީޓިއުންފިޝިންގ އިން ފެޒޫއެވެ.

މި މުބާރާތުގައި އެންމެ ބަރު މެހެއްގެ ގޮތުގައި ބާނާފައިވަނީ ބަރުމިނުގައި 17.54 ކިލޯ ގެ މުޑަހަނދި އެކެއެވެ. އެންމެ ބަރުމަސް ބޭނި ފަރާތުގެ މަގާމު ހޯދާފައިވަނީ ޗެމްޕއިން ޓީމް ސޮނީ ފިޝިންގ އިން ވަލީދުއެވެ.

އެންމެ ބަރު މަސް ބޭނި ފަރާތައް މި އަހަރުގެ މަސްރޭހުގެ ގިފްޓް ޕާޓްނަ ސީގިއާގެ ފަރާތުން ވަނީ އަގުހުރި ގިފްޓް ޕެކެއް ހަދިޔާކޮށްފައެވެ.

އުރީދޫގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަ ކޮށް މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ފުޅާކޮށްފައެވެ.