ކަރުގައި އަޅާނެ ރީތި ފަށެއް ހޯދަނީހެއްޔެވެ؟ ތިޔަ އުޅެނީ ރަހްމަތްތެރި އަންހެން ކުއްޖަކަށް ނުވަތަ އަނބިމީހާއަށް ދޭނެ ރަނގަޅު ހަދިޔާއެއް ނޭންގިގެން ނަމަ، ތިޔަ ހުއްޓެވުނީ ހަމަ ރަނގަޅު ހިސާބުގައެވެ.
އާމަރ ޖުއަލްރީގެ އިންސްޓެގްރާމް ޕޭޖު ދުށިން ހެއްޔެވެ؟ ތިޔަ ހޯދާ ފަށާއި، ކަންފަތުގައިލާ އިއަރިންގްސް ވެސް އެތަނުން ލިބިދާނެއެވެ. އަނބިމީހާއަށާއި، ދައްތައަށް ނޫނީ ކޮއްކޮއަށް ދޭން ބޭނުންވާ ހަދިޔާ ވެސް، ހަމަ މި ޕޭޖުގެ، މިލިންކުން ފެނިދާނެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ފެށި ”އާމަރ ޖުއަލްރީ“އިން ތަފާތު އެކި ވައްތަރުގެ ގަހަނާ ލިބެން އެބަހުއްޓެވެ. މިއީ ނިކަން ރީތިކޮށް ޖަރީކޮށްފައިވާ ގަހަނާކަން ވެސް ފާހަގަކޮށްލެވެއެވެ.
އާމަރ ޖުއަލްރީއިން ލިބެން ހުރީ ކޮންކަހަލަ ގަހަނާއެއް؟
ޓައިޓޭނިއަމް ސްޓީލް، ސްޓެއިންލެސް ސްޓީލް، 925 ޕިޔޯރ ސިލްވަރގެ ގަހަނާ ވެސް ލިބެން އެބަހުއްޓެވެ. މީގެ ބައެއް ތަކެއްޗަކީ 18 ކެރެޓު ރަނުގައި ކިއުރޭޓް ކޮށްފައިވާ ތަކެއްޗެވެ.

ކަސްޓަމަރުން ބުނަނީ ކީކޭ؟
އާމަރ ޖުއަލްރީގެ އިންސްޓެގްރާމް ޕޭޖުން، ކަސްޓަމަރުންގެ ހިޔާލު ހުރި ގޮތް ބަލައިލިއިރު، ގަހަނާތަކުގެ ރީތި ކަމަށާއި، ހިދުމަތަށް ތައުރީފު ކޮށްފައިވާކަން ފާހަގަކުރެވުނެވެ. އާމަރއިން މިހައިތަނަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެތައް ޖުއަލްރީއެއް ފޮނުވައިފައިވާއިރު، ރިސޯޓްތަކުގެ ކަސްޓަމަރުންނަށް ވެސް ބައެއް ތަކެތި ވިއްކައިފައިވެއެވެ.
އާމަރއިން ބުނީ، މި މަސައްކަތުގައި ފުރަތަމަ ގޮންޖެހުންތައް ކުރިމަތިވިޔަސް، ކަސްޓަމަރުންގެ ފަރާތުން ލިބުނު ލޯތްބާއިއެކުގައި ކުރިއަށް ދިޔުމަށް އިތުރު ހިތްވަރެއް ލިބިގެން ދިޔަ ކަމަށެވެ.
”އަބަދުވެސް ބަލަނީ، ކަސްޓަމަރުން އެ ގަންނަ އެއްޗަކާއިމެދު ހިތްހަމަޖެހޭތޯ، އެއީ އެންމެ މުހިންމު ލަނޑުދަނޑި އަކީ.“
އާމަރ ޖުއަލްރީ އަކީ އޮންލައިން ފިހާރައަކަށްވާއިރު، ކަސްޓަމަރުން އޯޑަރު ކުރާ އެއްޗެއް، ސައުވީީސް ގަޑިއިރު ތެރޭގައި ޑެލިވަރ ކުރަން އެ ފަރާތުން އިސްކަންދެއެވެ.
