ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ފިރިހެނުންނާއި އަންހެނުން ވެސް މަސައްކަތުގައި އަވަދި ނެތި އުޅޭ މި ޒަމާނުގައި އޮފީސް މާހައުލުން ބްރޭކެއް ނަގައިގެން ރައްޓެހިންނާއިއެކު ތަނަކަށް ކާން ދިޔަސް، ގިނަ ފަހަރ މިކެވެނީ ހަށިގަނޑަށް އެންމެ ބޭނުންވާ މާއްދާތައް އެކުލެވޭ މިންހެޔޮ ކެއުމަކަށް ނުވެއެވެ.
ދުވާލުގެ ވަގުތުތަކުގައި މަސައްކަތުގައި އަވަދިނެތި އުޅޭ މީހުންނަށް ”ޕިއްޒާ ބައިޓް“ގެ ހެލްތީ މީލްތައް ވަރަށް ކަމުދާނެކަން ޔަގީނެވެ. ހެލްތީ މީލްގެ އިތުރުން ހައި ޕްރޮޓީން މީލް އާއި ނޯމަލް މީލް ވެސް، ޕިއްޒާ ބައިޓުން ލިބެން ހުރެއެވެ.

ހަފްތާއަކު ފަސް ދުވަހު، މެންދުރު ނުވަތަ ރޭގަނޑުގެ ކެއުން، ނުވަތަ މި ދެކެއުން ވެސް ކޮންމެ މަހަކު ވެސް ”ޕިއްޒާ ބައިޓް“ އިން ހަމަޖެއްސޭނެއެވެ. އެއްއިރުގެ ކެއުން ނަމަ، މަހަކު ދައްކަން ޖެހޭނީ، 1650ރ.އެވެ. އަދި މެންދުރާއި ރޭގަނޑުގެ ކެއުން ބޭނުންވާނަމަ، 3،300 ރުފިޔާއެވެ.

”ޕިއްޒާ ބައިޓް“ގެ ހައި ޕްރޮޓީން މެނޫ އަކީ ބަރުދަން ލުއި ކުރަން ބޭނުންވާ ފަރާތްތަކަށް އެހީއެކެވެ. ގިނަ އަދަދަކަށް ޕްރޮޓީން ހިމެނޭ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރު ކުރާ ޕްރޮޓީން މީލްތަކުގެ މެނޫ ތިރީގައި އެވަނީއެވެ.

މީގެ އިތުރުން ނޯމަލް މެނޫއެއްވެސް ލިބެން ހުރެއެވެ. މަހަކު 1500 ރުފިޔާ އަށް، މެންދުރު ކެއުން ލިބޭ މި މެނޫއިން ތަފާތު އެތައް ރަހައެއް ލިބެން އެބަހުރިއެވެ. ހަފްތާއަކު ފަސް ދުވަހު، ތަފާތު ކެއުންތައް ރަހަ ބަލައިލުމަށް މިއީ ރަނުގެ ފުރުސަތެކެވެ.

ޕިއްޒާ ބައިޓުން ލިބެނީ ހަމައެކަނި މެންދުރު ކެއުމާއި، ރޭގަނޑު ކެއުން އެކަންޏެއް ނޫނެވެ. ތަފާތު ރަހަތަކުގެ ޕިއްޒާ ވެސް ލިބެން އެބަހުއްޓެވެ. އާއްމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބެމުން އަންނަ މި ޕިއްޒާގެ މެނޫ ތިރީގައި އެވަނީއެވެ.

ޕިއްޒާ ބައިޓުން ބުނީ، މާލެ އާއި ހުޅުމާލޭގެ ކޮންމެ ތަނަކަށް ވެސް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
ކަސްޓަމަރުންގެ ފަރާތުން، ޕިއްޒާ ބައިޓަށް ރަނގަޅު ރިވިއުތަކެއް ލިބެމުން އަންނައިރު، މީލްތަކަށް ވެސް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ޕިއްޒާ ބައިޓް ވަރެއް ހަމަ ނެތް
ހުރިހާ ކެއުންތަށް ވެސް ވަރަށް ވަރަށް ވަރަށް މީރު.
އަދި އެންމެ ޙާއްސަ އެންމެ އުފާ ވާ ކަމަކީ ހިޔާ ފުލެޓު ޓަވަރު ތަކުގެ އެޕާޓްމަންޓާ ހިސާބަށް ޑެލިވްރީ ކޮށްދޭތީ.
ތިވަރެއް ހަމަ ނެތް.