ރަހަމީރު ކޭކު ކަސްޓަމަރުންނާއި ހަމައަށް، ވަރަށް ލޯތްބާއިއެކުގައި ފޯރުކޮށްދެމުން އަންނަ ”މައި ކޭކްސް އެންޑް ސްވީޓްސް“ގެ ފަރާތުން، ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވަން ތައްޔާރު ވަމުން އަންނަ “ މޯލްޑިވްސް ފުޑް އެންޑް ބޭކަރީ ޝޯ“ އަކީ ތިބާގެ ވިޔަފާރި އިޝްތިހާރު ކޮށްލަން ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.
ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ މި އެގްޒިބިޝަނުގައި ބައިވެރިވެ، ކޭކް ޑެކަރޭޓިންގެ ހުނަރު ދައްކާލައިގެން ތަފާތު އިނާމުތައް ހޯދިދާނެއެވެ. މައި ކޭކްސް އެންޑް ސްވީޓްސްއިން ބުނީ، ކޭކު އެޅުމުގެ ފަންނުގައި ފުންނާބު އުސް މީހުން މި އެގްޒިބިޝަނުގައި ބައިވެރިވާނެ ކަމަށެވެ.
އެގްޒިބިޝަން އޮންނާނީ ކޮން އިރަކު؟
މިއީ މައި ކޭކްސް އެންޑް ސްވީޓްސްގެ މިފަދަ ފުރަތަމަ އެގްޒިބިޝަނެވެ. މި އެގްޒިބިޝަން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން، އެ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހަވީރު 4:00 އިން 12:00 ޖެހުމާއި ހަމައަށެވެ.
އެގްޒިބިޝަނުގެ ބައިވެރިންނަށް އޮތީ ކޮންކަމެއް؟
މޯލްޑިވްސް ފުޑް އެންޑް ބޭކަރީ ޝޯގައި އެކި ސްޓޯލްތައް ހުންނާނެއެވެ. ތަފާތު އިނާމުތައް ލިބޭ ކޭކް ޑެކަރޭޓިން މުބާރާތެއް މި އެގްޒިބިޝަނުގައި ކުރިއަށް ދާނެއެވެ.
އަދި އާއްމުންނަށް ހިލޭ ބައިވެރިވޭ ވޯކްޝޮޕްތައް ކުރިއަށް ދާނެއެވެ.

އެގޮތުން ކުރިއަށްދާނެ ވޯކްޝޮޕް ތަކަކީ ބަޓަރކްރީމް ކޭކްއާއި، ފޮންޑެންޓް ކޭކާއި، ކުކީސް ވޯކްޝޮޕާއި، ބޭކިން ވޯކްޝޮޕާއި، ޝުގަރ ފްލާވަރސް ވޯކްޝޮޕާއި، ފިގަރސް ވޯކްޝޮޕާއި ކުޑަކުދިންނަށް ހާއްސަ ވޯކްޝޮޕެވެ.

އެގްޒިބިޝަނުގައި ލައިވްކޮށް ކޭކު ޒީނަތްތެރި ކުރުން އޮންނާނެއެވެ.
އިނާމުތަކަކީ ކޮބާ؟
މިއީ މި އެގްޒިބިޝަނުގެ އެންމެ ހާއްސަ ކަމެވެ. މި ޝޯގައި ބައިވެރިވެގެން ވެސް، ރަނގަޅު އިނާމުތަކެއް ލިބޭނެއެވެ.

ވެޑިން ކޭކް ކެޓަގަރީއަށް ބަލާއިރު:
1 ވަނަ އަށް:
10،000 ރުފިޔާގެ ފައިސާގެ އިނާމާއިއެކު، ކޭކު ޑެކަރޭޓިން ޓޫލް ސެޓަކާއި، ޓްރޮފީއެއް ލިބޭނެއެވެ.
2 ވަނަ އަށް:
މި ކެޓަގަރީން ދެވަނަ އަށް ދާ ފަރާތަކަށް، 5،000 ރުފިޔާގެ ފައިސާގެ އިނާމާއިއެކުގައި، ކޭކް ޑެކަރޭޓިން އެސެންޝަލްސް ކިޓެއް ލިބޭނެއެވެ.
3 ވަނަ އަށް:
މި ކެޓަގަރީގެ ތިން ވަނައަށް ދާ ފަރާތަކަށް، 2500 ރުފިޔާގެ ފައިސާގެ އިނާމާއިއެކުގައި، ކޭކް ޑެކަރޭޓިން ބުކް ކަލެކްޝަންއެއް ލިބޭނެއެވެ.
ޝުގަރ ފްލާވަރ ކެޓަގަރީ:
1 ވަނަ އަށް:
މި ކެޓަގަރީގެ އެއްވަނައަށް، 10،000 ރުފިޔާގެ ފައިސާގެ އިނާމާއިއެކުގައި، ޓޮޕް ޓަޔަރ ގަމް ޕޭސްޓް ޓޫލް ސެޓަކާއިއެކުގައި ޓްރޮފީއެއް ވެސް ލިބޭނެއެވެ.
2 ވަނަ އަށް:
މި ކެޓަގަރީގެ ދެ ވަނައަށް، ފަސްހާސް ރުފިޔާގެ ފައިސާގެ އިނާމާއިއެކުގައި ޝުގަރ ފްލާވަރ ހަދަން ސްޓާޓިން ކިޓެއް ލިބޭނެއެވެ.
3 ވަނަ އަށް:
މި ވަނައަށް، 2500 ރުފިޔާގެ ފައިސާގެ އިނާމާއިއެކު، އެޑިބަލް ޕެޓަލް ޑަސްޓް ކަލެކްޝަނެއް ލިބޭނެއެވެ.
ރޯޔަލް އައިސިން ކެޓަގަރީ:
1 ވަނަ އަށް:
މި ކެޓަގަރީގެ އެއްވަނަ އަށް 10،000 ރުފިޔާގެ ފައިސާގެ އިނާމާއިއެކުގައި، ޑެލޫކްސް ރޯޔަލް އައިސިން ޕައިޕިން ސެޓަކާއި ޓްރޮފީ ވެސް ލިބޭނެއެވެ.
2 ވަނަ އަށް:
މި ކެޓަގަރީގެ ދެ ވަނަ ހޯދާ ފަރާތަށް ވެސް 5،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ. އަދި ރޯޔަލް އައިސިން އެސެންޝަލްސް ކިޓެއް ވެސް ލިބިގެންދާނެއެވެ.
3 ވަނަ އަށް:
މި ކެޓަގަރީގެ ތިން ވަނައަށް، 2،500 ރުފިޔާގެ އިނާމަކާއިއެކު، އިންޓްރިކޭޓް އައިސިން ސްޓެންސިލްސް ސެޓެއް ލިބިގެންދާނެއެވެ.
ޑްރެސް ދަ ކޭކް:
މިއީ ލައިވްކޮށް، ކޭކު ޒީނަތްތެރި ކުރާ، ފޯރިގަދަ މުބާރާތެވެ. މި ކޮމްޕެޓިޝަނުން ވެސް ރަނގަޅު އިނާމްތައް ހޯދޭނެއެވެ.
1 ވަނަ އަށް:
އެއްވަނައަށް ދާ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީގެ އިތުރުން، ބަޓަރ ކްރީމް ޕިޕިން ޓިޕްސް ސެޓެއް ލިބޭނެއެވެ.
2 ވަނަ އަށް:
މި ކެޓަގަރީގެ ދެވަނަ ހޯދާ ފަރާތަށް، 5،000 ރުފިޔާގެ ކޭޝް ޕްރައިޒްގެ އިތުރުން، ބަޓަރކްރީމް އެސެންޝަލްސް ކިޓެއް ލިބޭނެއެވެ.
3 ވަނަ އަށް:
މި މުބާރާތުގެ ތިންވަނައަށް ވެސް، 2،500 ރުފިޔާގެ ފައިސާގެ އިނާމާއިއެކުގައި، ކޮލިޓީ ރަނގަޅު ސްޕެޓިއުލާސް ސެޓެއް ލިބޭނެއެވެ.
ނޮވެލްޓީ ކޭކް:
1 ވަނަ އަށް:
ހުނަރުވެރިކަން ދައްކާލެވޭނެ، މި ކެޓަގަރީން އެއްވަނަ ލިބިއްޖެނަމަ، 10،000 ރުފިޔާގެ ފައިސާގެ އިނާމެއްގެ އިތުރުން، ޓްރޮފީ އާއި، ޕްރޮފެޝަނަލް ކޭކް ކާވިން ސެޓެއް ވެސް ލިބޭނެއެވެ.
2 ވަނަ އަށް:
މި މުބާރާތުގެ ދެވަނައަށް، 5،000 ރުފިޔާގެ ފައިސާގެ އިނާމާއިއެކުގައި، ރިއަލިސްޓިކް ކޭކް ސްކަލްޕްޓިން ކިޓެއް ވެސް ލިބޭނެއެވެ.
3 ވަނަ އަށް:
މި ކެޓަގަރީގެ ތިން ވަނަ ހޯދާ ބައިވެރިޔާއަށް ވެސް، 2،500 ރުފިޔާގެ ފައިސާގެ އިނާމާއިއެކުގައި، ކޭކް އެއާ ބްރަޝިން ސެޓެއް ލިބޭނެއެވެ.
އަދި ކޮންމެ ވަނައެއް ހާސިލު ކުރިޔަސް، ސެޓްފިކެޓެއް ވެސް ލިބޭނެއެވެ.
ވިޔަފާރިތަކަށް އޮތީ ކޮން ފުރުސަތެއް؟
މި އެގްޒިބިޝަނުގައި ވިޔަފާރިވެރިންގެ ކޮންމެ އުފެއްދުމެއް ވެސް އިޝްތިހާރު ކޮށްލެވޭނެއެވެ. އެކި އަގުތަކުގައި، ކުއްޔަށް ލިބެން ހުރި ސްޓޯލެއް ކުއްޔަށް ވެސް ނެގިދާނެއެވެ. ކުދި ވިޔަފާރިތަކަށް ސްޓޯލްތައް ލިބޭނެ އަގު ކުޑަވާނެެއެވެ. މިއީ ގިނަ ބަޔަކަށް ވިޔަފާރި އިޝްތިހާރު ކޮށްލަން ލިބިގެންދާނެ ރަނުގެ ފުރުސަތަކަށް ވެގެންދާނެ ކަމާއިމެދު ޝައްކެއް ނެތެވެ.
މި އެގްޒިބިޝަންގައި ކުރިއަށްދާނެ ކަމަށް، ކުރިން ފާހަގަކުރި ވޯކްޝޮޕްތައް ސްޕޮންސަރ ކުރުމުގެ ފުރުސަތަކީ، މި އެގްޒިބިޝަންގައި ވިޔަފާރިތަކަށް ލިބޭނެ އެންމެ ފަހި ފުރުސަތެވެ. އެގޮތުން ސްޕޮންސަރުން ވިއްކާ ބާވަތްތަކާއި، އެމީހުންގެ ލޯގޯ ވެސް ވޯކްޝޮޕް ހިންގާ ތަނުގައި ފެންނަން ހުންނާނެއެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތު ސާފު ކޮށްލުމަށް 9550050އަށް ގުޅާާލާށެވެ.
ބައިވެރިވާން ހަދާނީ ކިހިނެއް؟
ކޮންމެ ހުނަރުވެރިޔަކަށް ވެސް، މި އެގްޒިބިޝަންގައި ހުނަރު ދައްކާލައިގެން، އިނާމުތައް ހޯދުމުގެ ފުރުސަތު އެބައޮތެވެ. ބައިވެރިވުމަށް mycakesweets@gmail.comއަށް މެއިލް ކޮށްލާށެވެ. ނުވަތަ 9550050އަށް ގުޅާލާށެވެ. ކޭކް ކޮމްޕެޓިޝަންގައި ބައިވެރިވެވޭނީ، 300 ރުފިޔާގެ ފީއެއް ދައްކައިގެންނެވެ.
