އުރީދޫ ނޭޝަން ގޭމާސް ލޭންޑް – ދަ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ނިންމާލުމުގެ ގޮތުން ރާއްޖޭގެ މޮޅެތި ގޭމަރުންނާއި ޓީމުތައް އަދި އީސްޕޯޓްސް ކުރިއެރުވުމަށް ހަރަކާތްތެރިވާ ފަރާތްތައް ފާހަގަކޮށް އުރީދޫ ނޭޝަން ގޭމާސް އެވޯޑް ބާއްވައިފިއެވެ.
އުރީދޫ ނޭޝަން ގޭމާސް ލޭންޑް – ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ގޭމިން ފެސްޓިވަލް ކުރިއަށް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށެވެ. އުރީދޫން ބުނީ 350 އަށްވުރެ ގިނަ ގޭމަރުންނާއި އީސްޕޯޓްސްއަށް ލޯބިކުރާ ފަރާތްތަކުން ބައިވެރިވި މި ހަރަކާތުން ފެނިގެން ދިޔައީ ނުހަނު ހުނަރުވެރިކަމާއި ވަރުގަދަ ވާދަވެރިކަމެއް ކަމަށެވެ.
ފެސްޓިވަލްގައި ކުރިއަށް ދިޔަ މުބާރާތްތަކުން މޮޅުވި ފަރާތްތަކުގެ އިތުރުން މުޅި އަހަރު ތެރޭގައި އީސްޕޯޓްސްގެ އެކިއެކި ކެޓެގަރީތަކުން އެންމެ ފާހަގަކޮށްލެވޭ ގޭމަރުން، ޓީމުތައް އަދި ކޮމިއުނިޓީތައްވެސް އުރީދޫ ނޭޝަން ގޭމާސް އެވޯޑް 2023 ގައި ފާހަގަކޮށްފައެވެ.
މި އެވޯޑް ހަފުލާ ފެށިގެން ދިޔައީ ކޮސްޕްލޭ ކޮމްޕެޓިޝަންގައި ބައިވެރިވި ފަރާތްތަކުގެ ކޮސްޓިއުމް އާއި ކެރެކްޓަ ދައްކާލުމުގެ ކޮސްޕްލޭ ޝޯ އަކުންނެވެ.
އެގާރަަ ބައިވެރިންގެ އުފެއްދުންތެރިކަމާއި ހުނަރު ދައްކާލި ޝޯއިން އެއްވަނަ ހޯދާފައިވަނީ ފްރައި ބޯއީ ކެރެކްޓާގެ ގޮތުގައި ބައިވެރިވި އަހުމަދު ވިޝާމްއެވެ.
ކޮސްޕްލޭ މުބާރާތުން އެއްވަނަ ހޯދި ފަރާތުގެ ހައިސިއްޔަތުން ވިސާމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައެވެ.

މި ފެސްޓިވަލުގައި ތަފާތު ވާދަވެރި މުބާރާތްތައް ކުރިއަށް ގެންދިޔައިރު، އެއިން ކޮންމެ މުބާރާތަކުންވެސް ރާއްޖޭގެ ގޭމަރުންގެ ހުނަރު ފެނިގެންދިޔަ ކަމަށް އުރީދޫން ބުނެއެވެ. އަދި މި މުބާރާތްތަކުން ވަނަތައް ހޯދި ފަރާތްތަކަށް ވަނީ ޖުމްލަ 185،000 ރުފިޔާގެ ފައިސާގެ އިނާމުތައް ލިބިފައެވެ.
ރޭސިން ސިމިއުލޭޓަ ޖީޓީ މުބާރާތުން ވަނަ ހޯދި ފަރާތްތައް:
ޗެމްޕިއަން: އަޔާން އަހުމަދު ޝާނީޒް 11،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހޯދާފައި
ދެވަނަ: އަލީ އަޝްހަމް އަބްދުލް ހަމީދު 8،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހޯދާފައި
ތިންވަނަ: އަހުމަދު އަލްވިން އައްސިދު ޒާހިރު 6،000 ރުފިޔާގެ އިނާމް ވަނީ ހޯދާފައި

ޓެކްކެން މުބާރާތުން ވަނަ ހޯދި ފަރާތްތައް:
- ޗެމްޕިއަން: އަހުމަދު އަބާން 5،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހޯދާފައި
- ދެވަނަ: އަމީލް އިސްމާއީލް 3،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހޯދާފައި
- ތިންވަނަ: އަހްމަދު ތާބިޝް 2،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހޯދާފައި
އީއޭއެފްސީ 24 ފުޓްބޯލް ގޭމިން މުބާރާތުން ވަނަ ހޯދި ފަރާތްތައް:
- ޓޮޕް ސްކޯރާ އަދި ޗެމްޕިއަން: މުހައްމަދު އައިމަން އަހުމަދު ޖުމްލަ 25،000 ރުފިޔާގެ އިނާމް ވަނީ ހޯދާފައި
- ދެވަނަ: އަބްޔާން އަލީ ނިހާދު 10،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހޯދާފައި
- ތިންވަނަ: މުހައްމަދު ޒަމީލް ޒިހުނީ 5،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހޯދާފައި
އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްއިން ވަނަ ހޯދި ފަރާތްތައް:
- ޗެމްޕިއަން: 50،000 ރުފިޔާގެ ފައިސާގެ އިނާމާ އެކު ޗެމްޕިއަންކަން ހޯދާފައި ވަނީ ޓީމް އީޓޫއެސް ޓީއެމް7
- ދެވަނަ: 20،000 ރުފިޔާގެ ފައިސާގެ އިނާމާ އެކު ޗެމްޕިއަންކަން ހޯދާފައި ވަނީ ޓީމް އީޓޫއެސް އަކަޓްސުކީ
- ތިންވަނަ: 10،000 ރުފިޔާގެ ފައިސާގެ އިނާމާ އެކު ޗެމްޕިއަންކަން ހޯދާފައި ވަނީ ޓީމް އާރްޖީސީ ސިންޑިކޭޓް
- ހަތަރުވަނަ: 5،000 ރުފިޔާގެ ފައިސާގެ އިނާމާ އެކު ޓީމް އާރްޖީސީ ޑެނޯ
- އެމްވީޕީ: 1،500 ރުފިޔާގެ ފައިސާގެ އިނާމާ އެކު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި ވަނީ ޓީމް އީޓޫއެސް ޓީއެމް7 ގެ ހައިޝަމް ވަހީދު

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ އުރީދޫ ނޭޝަން ގޭމާސް އެވޯޑް 2023 ގެ ދަށުން ގޭމިން އެންޑް އީސްޕޯޓްސް ކޮމިއުނިޓީއަށް ހާއްސަ އެވޯޑުތަކެއް ދީފައެވެ.
- ބެސްޓް ގޭމިން އޯގަނައިޒޭޝަން: އީޓޫއެސް ގޭމިން
- ބެސްޓް ސާވިސް އިން އީސްޕޯޓްސް: މޯލްޑިވްސް އީ ސްޕޯޓިން އެސޯސިއޭޝަން (މެސާ)
- ޓޮޕް އެޗީވިން ކްލޭން: ރެޖިސައިޑް އީސްޕޯޓްސް
- ބެސްޓް ގޭމިން ކޮމިއުނިޓީ (ކޮންސޯލް އެންޑް ޕީސީ): އެޕެކްސްއެމްވީ
- ބެސްޓް ގޭމިން ކޮމިއުނިޓީ (މޮބައިލް): ޕަބްޖީއެމް ކޮމިއުނިޓީ
- އަހަރުގެ އެންމެ މޮޅު އީސްޕޯޓްސް ޓީމް: އާރްޖީސީ އޮޕެކްސް
- އެންމެ މޮޅު ޕަބްޖީއެމް ކުޅުންތެރިޔާ: މުހައްމަދު ހައިޝަމް ވަހީދު
- އެންމެ މޮޅު އެމްއެލްބީބީ ކުޅުންތެރިޔާ: ނަބީލް އައްބާސް
- އެންމެ މޮޅު އެފްސީ24 މޮޅު ކުޅުންތެރިޔާ: ޒަކްވާން ޝިހާދު
- އެންމެ މޮޅު އެފްޕީއެސް ކުޅުންތެރިޔާ: މުހައްމަދު ޝާއިފް
- އަހަރުގެ އެންމެ މޮޅު ކާސްޓާ: މުހައްމަދު ރައްޔާން މާހިރު
އުރީދޫ ނޭޝަން ގޭމާސް އެވޯޑްގެ އެންމެ ޝަރަފުވެރި އިނާމު ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން، އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ. މި އެވޯޑްތަކުގެ ތެރޭގައި ހިމެނެނީ:
- އެންމެ މޮޅު އީސްޕޯޓްސް ޕީސީ ކުޅުންތެރިޔާ: ހަސަން އަސީލް ރަޝީދު
- އެންމެ މޮޅު އީސްޕޯޓްސް މޮބައިލް ކުޅުންތެރިޔާ: އަހުމަދު މާހިލް މުހައްމަދު
- އެންމެ މޮޅު އީސްޕޯޓްސް ކޮންޓްރޯލާ ކުޅުންތެރިޔާ: މުހައްމަދު ޒަމީލް ޒިހްނީ
މި އަހަރުގެ އުރީދޫ ނޭޝަން ގޭމާސް ލޭންޑް އެވޯޑަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ގޭމިން ކޮމިއުނިޓީ އާއި ގޭމް ކުޅޭ ފަރާތްތަކާއި ޓީމްތަކާއި އީސްޕޯޓްސް ޖަމިއްޔާތަކުގެ އަހައްމިއްޔަތުކަން ދައްކުވައިދޭ އެވޯޑެކެވެ.
އުރީދޫ ނޭޝަނުން ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ ގުޅާލުމުގައި ދެމި އޮންނާނީ ކުރިއަށް އޮތްތަނުގައިވެސް އިތުރު ހިތްގައިމު ގޭމިން ފުރުސަތުތައް ތަނަވަސްކުރުމުގެ މަގުސަދުގައި ކަމަށް އުރީދޫން ބުނެއެވެ.
