އުރީދޫ މޯލްޑިވްސް އިން ”ރީޗާޖް އެންޑް ވިން“ގެ ނަމުގައި އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް އައިފޯން 15 ޕްރޯ މެކްސް އަކާއި އިތުރު ހަދިޔާތަކެއް ލިބޭ ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށެވެ.
އުރީދޫ އިން ބުނީ މި މުއްދަތުގެ ތެރޭގައި އުރީދޫ އެޕުން 20 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖް ކުރުމުން މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނެ ކަމަށެވެ.
މި ޕްރޮމޯޝަނުގެ ދަށުން އެ ކުންފުނީގެ އެޕް މެދުވެރިކޮށް ރިޗާޖްކޮށްގެން ކޮންމެ ހަފުތާއަކު ނަސީބުވެރި ކޮންމެވެސް އެއް ކަސްޓަމަރަކަށް ޚާއްޞަ ހަދިޔާއެއް ލިބޭނެ ކަމަށާއި މި ޕްރޮމޯޝަންގެ ’ގްރޭންޑް ޕްރައިޒް’އަކަށް ކަނޑައަޅާފައި ވަނީ އައިފޯން 15 ޕްރޯމެކްސް އެއް ކަމަށް އުރީދޫ އިން ބުނެފައި ވެއެވެ.
ކޮންމެ ހަފުތާއެއްގެ ނަސީބުވެރި ކަސްޓަމަރަށް ލިބޭ އިނާމުގެ ތެރޭގައި، މޫލީ މެދުވެރިކޮށް ވޮޗް ސީރީޒް 8، ވާވޭ ވޮޗް ބަޑްސް، ގާމިން ވެނޫ އެސްކިއު – މިއުޒިކް، އެޕަލް އެއާޕޮޑްސް ޕްރޯ ޖެން 2، ސެމްސަންގް ގެލެކްސީ ވޮޗް 5، ސެމްސަންގް ގެލެކްސީ ބަޑްސް ޕްރޯ 2، އެޕަލް މެގް ސޭފް ޑުއޯ ޗާޖަރު ނުވަތަ އިންސްޓެކްސް މިނީ 40 ހިމެނޭ ކަމަށް އުރީދޫ އިން ހާމަކުރެއެވެ.
މީގެ އިތުރުން އުރީދޫއިން ބުނީ އެމް-ފައިސާ މެދުވެރިކޮށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.
