އުރީދޫ މޯލްޑިވްސްއިން 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.04 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
އެކުންފުނީގެ ބޯޑުން މިއަދު ކަނޑައަޅައި އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން ނިންމާފައިވަނީ މިދޔަ މަހުގެ 3 ވަނަ ދުވަހު ބޭއްވި ބޯޑުގެ ބައްދަލުވުމުގައެވެ.
ހިއްސާއަށް ބަހާ ފައިސާގެ އަދަދު ފާސްކޮށްފައިވަނީ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.
ހިއްސާގެ ފައިދާގެ އިތުރުން އެކުންފުނި އޮޑިޓު ކޮށްފައިވާ މާލީ ބަޔާންތައްވެސް އަހަރީ އާއްމު ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.
މިއަހަރުގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިޒް ވޯޓާހައުސް ކޫޕާސް ހަމަޖެއްސުމަށް ވަނީ ފާސްކޮށްފައެވެ. އެކުންފުނި އޮޑިޓަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ 62،920 ޑޮލަރު ދިނުމަށް ފާސްކޮށްފައިވެއެވެ.
މިދިޔަ އަހަރުވެސް އެކުންފުނި އޮޑިޓްކޮށްފައިވަނީ ޕްރައިޒް ފާމުންނެވެ.
