ދުނިޔޭގެ އެންމެ އަގުހުރި އެއް ޓެކްނޮލޮޖީ ކުންފުނި ކަމުގައިވާ އެންވީޑިއާ އާއި އުރީދޫއާާ ދެމެދު އެއްބަސްވުމެއް އެކުލަވައިލައިފިއެވެ.
މި ޕަރޓްނަރޝިޕަކީ އުރީދޫ އިން އެންވީޑިއާ ކްލައުޑް (އެންސީޕީ) ޕާޓްނަރަކަށްވެ، މީނާ (މެދުއިރުމައްޗާއި އުތުރު އެފްރިކާ) ސަރަހައްދުގެ އިތުރުން ރާއްޖޭގައި އެންމެ ބޮޑު ޑިޖިޓަލް އިންފްރާސްޓްރަކްޗާ ފޯރުކޮށްދޭ ކުންފުންޏަކަށްވުމުގެ ސްޓްރެޓެޖީއާ އެއްގޮތުގެމަތިން ވެވުނު ޕަރޓްނަރޝިޕެކެވެ.
އުރީދޫން ބުނީ، މި ޕާޓްނާޝިޕް މެދުވެރިކޮށް އެންވިޑިއާ ގެ ޒަމާނީ ކޮމްޕިއުޓިން ޕްލެޓްފޯމް ބޭނުންކޮށްގެން މި ސަރަހައްދުތަކުގައި އޭއައި އިންގިލާބެއް މަގުފަހިކޮށްދިނުމަށް އުރީދޫއިން މަސައްކަތްކުރަމުންދާނެ ކަމަށެވެ.
އުރީދޫގެ ޚިދުމަތްތައް ފޯރުކޮށްދޭ ގައުމުތަކުގައި، އެކްސެލެރޭޓެޑް ކޮމްޕިއުޓިން އަދި ހައިޕަކަނެކްޓިވިޓީއަށް މާކެޓުގައި އޮތް ބޮޑު ޑިމާންޑާއި ބޭނުންތަކާ އެއްގޮތަށް އައު ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އެންވީޑިއާގެ އީޖާދީ ހިދުމަތްތަކުގެ އެހީގައި އޭއައި ރެޑީ ޕްލެޓްފޯމެއް ތަރައްގީ ކުރަމުން އަންނަ ކަމަށް އުރީދޫއިން ބުނެއެވެ.
މި ޕްލެޓްފޯމަކީ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދީ، ވިޔަފާރިތަކާއި ސްޓާޓްއަޕްތަކުގެ ޑޭޓާސެޓްތައް ރައްކާތެރިކަމާއެކު ޕްރޮސެސް ކުރުމަށް ބާރުވެރިކުރުވުމުގެ އިތުރުން، އެ ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކަށް އަގުހުރި މައުލޫމާތުތަކެއް ފޯރުކޮށްދީ، އެފަރާތްތަކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް އެހީތެރިވެދޭނެ ޕްލެޓްފޯމެކެވެ.
”އެކްސެލެރޭޓެޑް ކޮމްޕިއުޓިން އަދި ޖެނެރޭޓިވް އޭއައި އަށް ހާއްސަކޮށްފައިވާ އެންވިޑިއާގެ ފުލް ސްޓޭކް ޕްލެޓްފޯމް ތަންފީޒުކުރުމާއި އެކު، އުރީދޫ ވެގެންދާނީ މީނާގެ އޭއައި އިންގިލާބުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވުމުގެ ގާބިލުކަން ލިބިފައިވާ ކުންފުންޏަށް. އަދި މި ސަރަހައްދުގެ އެންމެ ބޮޑު ޑިޖިޓަލް އިންފްރާސްޓްރަކްޗާ ޕްރޮވައިޑަރުގެ ގޮތުގައި، ޑިޖިޓަލައިޒޭޝަން އަދި އިނޮވޭޝަން ކުރިއެރުވުމުގައި އެންމެ އިސްދައުރެއް އަދާކުރާ ކުންފުންޏަކަށް. އެންވިޑިއާ އާއި ގުޅިގެން އަޅުގަނޑުމެން މަސައްކަތް ކުރާނީ އެޑްވާންސް އޭއައި މޮޑެލްތަކަށް ބޭނުންވެފައިވާ އެކްސެލެރޭޓެޑް ކޮމްޕިއުޓިން އިންފްރާސްޓްރަކްޗަރ ފޯރުކޮށްދިނުމަށް.“ އުރީދޫގެ ގްރޫޕް ސީއީއޯ އަޒީޒް އަލުޡްމާން ފަޚްރޫ ވިދާޅުވިއެވެ.
ނެކްސްޓް ޖެނެރޭޝަން އޭއައި އަދި ޖީޕީޔޫ އޮފާތަކާއެކު އެކި ސިނާއަތްތަކަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ މި އެއްބަސްވުމުގެ ދަށުން ގަތަރު، އަލްޖީރިއާ، ޓިއުނީޝިއާ، އޮމާން، ކުވައިތު އަދި ރާއްޖޭގެ ސަރުކާރުތަކާއި ވިޔަފާރިތަކާއި ސްޓާޓްއަޕްތަކަށް އެންވީޑިއާގެ އެންމެ ފަހުގެ އޭއައި ޕްލެޓްފޯމް ލިބިގެންދާނެއެވެ.
އުރީދޫގެ ޑޭޓާ ސެންޓަރުތަކުގައި އެތައް ހާސް އެންވީޑިއާ ޓެންސަރ ކޯރ ޖީ.ޕީ.ޔޫ ބަހައްޓައިގެން މި ސަރަޙައްދުތަކަށް ޒަމާނީ އިންފްރާސްޓްރަކްޗަރ، ވަސީލަތްތައް އަދި ސޮފްޓްވެއަރތަކާއެކު އެންމެ ޒަމާނީ އޭއައި ޕްލެޓްފޯމެއްގެ ބޭނުން ހިފުމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ.
މިކަމުގެ ސަބަބުން ޕްރޮސެސްތައް އިތުރަށް ފުރިހަމަވެ، އެކި ސިނާއަތްތަކުގައި އޮޕަރޭޝަނަލް މަސައްކަތް އިތުރަށް ހަރުދަނާ ވެގެންދާނެއެވެ. އުރީދޫގެ ޖީޕީޔޫ ހިދުމަތާއި އެކު އެންމެ ޒަމާނީ އޭއައި އަދި މެޝިން ލާނިން ޓޫލްސް ހިމެނޭނެއެވެ.
އެންވީޑިއާގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އޮފް ޓެލެކޮމް، ރޮނީ ވަސިޝްތާ ވިދާޅުވީ، އިތުބާރު ކުރެވޭ ސަރަހައްދީ ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑަރެއްގެ ހައިސިއްޔަތުން އުރީދޫ ގްރޫޕަކީ އޭއައި އިންފްރާސްޓްރަކްޗާ އާއި ޚިދުމަތްތަކަށް އިންވެސްޓްކޮށް ގާއިމްކުރުމުގެ ފުރިހަމަ ގާބިލުކަން އޮތް، ކުންފުނިތަކާއި އަދި އާންމު ކަސްޓަމަރުންނާއިއެކު ގާތް އަދި ހަރުދަނާ ގުޅުމެއް އޮންނަ ކުންފުންޏެއް ކަމަށެވެ.
”އެންވީޑިއާގެ ފުލް ސްޓެކް އޭއައި ކޮމްޕިއުޓިން ޕްލެޓްފޯމް އުރީދޫ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމާއި އެކު، ޖެނެރޭޓިވް އޭއައި އެޕްލިކޭޝަންތަކާއި ޚިދުމަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް މަގު ފަހި ވެގެންދާނެ.“
އުރީދޫއިން އިންފްރާސްޓްރަކްޗަރ އަދި އޭއައި ހޯސްޓިން ސޮލިއުޝަންސްތަކާއި އެކު ސަރަހައްދީ ކުރިއެރުމަށް މަގުފަހިކޮށްދެނީ
އެންވީޑިއާ އާއި އުރީދޫ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތަކީ އުރީދޫ ގެ ޚިދުމަތްދޭ ސަރަޙައްދުތަކުގައި އޭއައި އިންފްރާސްޓްރަކްޗަރ ކުރިއެރުވުމަށާއި، ލޯކަލް ސްޓޭންޑަޑްތަކާ އެއްގޮތްވާ ގޮތުގެ މަތިން ސެކިއުރިޓީ އިތުރުކޮށް، އޮޕްޓިމައިޒްޑް ޕާފޯމަންސް އަދި ކަސްޓަމައިޒޭޝަން އަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެކެވެ.
ނަތީޖާއެއްގެ ގޮތުން އުރީދޫ ހިންގާ ގައުމުތަކުގައި އަމިއްލަ ކްލައުޑްތައް ގާއިމުކޮށް، އަމިއްލަ އޭއައި އީކޯސިސްޓަމްތަކާއި އެޕްލިކޭޝަންތައް ތަރައްގީ ކުރުމަށް މަގުފަހިވެ، ޑޭޓާ ސެކިއުރިޓީގެ ފިޔަވަޅުތައް ހަރުދަނާ ކުރެވޭނެއެވެ.
މީގެ އިތުރުން އެކްސެލެރޭޓެޑް ކޮމްޕިއުޓިން އިންޓަގްރޭޓް ކުރުމުގެ ފުރުސަތު ނުވަތަ އަމިއްލަ އަށް ހޯސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް އެންމެ ހަރުދަނާ އަދި ތަރުތީބުކުރެވިފައިވާ އޭއައި ޕްރޮސެސްކުރުމުގެ ޤާބިލުކަން ޔަޤީންވެގެންދާ ކަމަށް އުރީދޫން ބުނެއެވެ.
މި މަސައްކަތުގެ ސަބަބުން އެންމެ ޒަމާނީ އޭއައި ކްލައުޑް ޕްލެޓްފޯމަކުން ކަސްޓަމަރުން ބާރުވެރިކުރުވައި، އިގްތިސާދީ ކުރިއެރުމާއި ވަޒީފާ އުފެއްދުމާއި އުފެއްދުންތެރި އައު ޓެކްނޮލޮޖީގެ އީޖާދުކުރުމަށް މި ސަރަޙައްދުތަކުގައި މަގުފަހިވެގެންދާނެއެވެ. އުރީދޫއިން ކޮންމެ ޤައުމެއްގެ ސްޓޭކްހޯލްޑަރުންނާ ގުޅިގެން، އެ ގައުމެއްގެ ބޭނުންތަކާ އެއްގޮތަށް އޭ.އައި.ގެ ލަނޑުދަނޑިތައް ކުރިއެރުވުމަށް މަސައްކަތް ކުރާނެއެވެ.
ޑިޖިޓަލް އިންފްރާސްޓްރަކްޗާރ ފޯރުކޮށްދިނުމުގެ އެންމެ ކުރީގައި
އުރީދޫގެ ޑިޖިޓަލް އިކޯސިސްޓަމްގައި ޓެލެކޮމް ޚިދުމަތްތަކުގެ އިތުރުން ޑެޑިކޭޓެޑް ޑޭޓާ ސެންޓަރު ޕްލެޓްފޯމުތަކާއި، ވަޔަލެސް ޓަވަރުތަކާއި ފައިނޭންޝަލް ޓެކްނޮލޮޖީ އަދި ސަބްސީ ކޭބަލް ވެންޗާތަކަށް ހާއްސަ މިނިވަން މުއައްސަސާތައް ހިމެނެއެވެ.
މިއީ ޓެލެކޮމް އަދި އިންފްރާސްޓްރަކްޗަރ ހޯލްޑިންގް އަކަށް ބަދަލުވެ، މަލްޓި-ބިޒްނަސް ސްޓްރަކްޗަރ އަކާއެކު، ވިޔަފާރީގެ ދެމެހެއްޓެނިވިކަމާއި ފުޅާކަން ކަށަވަރުކޮށް، ނިއުޓްރަލް ކެރިއަރ އޮފް ޗޮއިސްއަކަށް ވުމަށް އުރީދޫގެ ސްޓްރެޓެޖީއާއި އެއްގޮތްވާ ގޮތުގެ މަތިން ކުރެވިފައިވާ މަސައްކަތެކެވެ.
ކޯޕަންހޭގަންގައި ބޭއްވި ޓީއެމްފޯރަމްގެ ޑީޓީޑަބްލިއު24 ގައި މިއެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫ ގްރޫޕްގެ ސީއީއޯ އަޒީޒް އަލުތުމާން ފަޚްރޫ އާއި އެންވިޑިއާގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އޮފް ޓެލެކޮމް، ރޮނީ ވަސިޝްތާގެއެވެ.