މި މަހު ނެރެފައިވާ އައިފޯން 14 ޕްރޯ އާއި އައިފޯން 14 ޕްރޯ މެކްސް އުރީދޫގެ މޫލީ މެދުވެރިކޮށް ޕްރީ އޯޑަރަށް ހުޅުވާލައިފިއެވެ.
އެ ކުންފުނިން ބުނީ އައިފޯނުގެ އެންމެ ފަހުގެ ދެ މޮޑެލް އަށް މޫލީ ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރެވޭނެ ކަމަށެވެ. އޯޑަރުކުރާ ކަސްޓަމަރުންނަށް މި މަހުގެ 23 އިން ފެށިގެން ފޯނު ލިބޭނެއެވެ.
އެޕަލް އިން އައިފޯން 14 ދައްކައިލީ މި މަހުގެ 7ގައެވެ. އެގޮތުން އެ ސީރީޒްގެ ހަތަރު މޮޑެލްއެއް ދައްކައިލިއެވެ. އެއީ އައިފޯން 14 އާއި އައިފޯން 14 ޕްލަސް އާއި އައިފޯން 14 ޕްރޯގެ އިތުރުން އައިފޯން 14 ޕްރޯ މެކްސްއެވެ.
