އަބާޔާ އަކީ މިހާރު އަންހެން ބޭފުޅުންގެ މެދުގައި މިހާރު އެންމެ މަގުބޫލު ހެދުމެވެ.
ރީތި، އިތުބާރު ހިފޭ، އަދި ގިނަ ދުވަސް ވަންދެން ގެންގުޅެވޭނެ، ކޮލިޓީ ރަނގަޅު އަބާޔާ ހޯދުމަށް ޑްރީމްސްކްލޮތިން އިހްތިޔާރު ކުރާށެވެ. މިތަނުން ލިބޭނީ މުޅިންވެސް ރާއްޖޭގައި ފަހާ، ކޮލިޓީ ރަނގަޅު އަބާޔާއެވެ.
މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ޑްރީމްސްކްލޮތިން އިން ވަރަށް ހެޔޮ އަގުގައި އަބާޔާ ގަނެލެވޭނެއެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ޑްރީމްސްކްލޮތިން އިން ގަންނަ ކޮންމެ އަބާޔާއެއްގެ އަގަކީ ހަމަ އެންމެ 499 ރުފިޔާއެވެ. އަގުހެޔޮކޮށް، އެއްފަހަރާ ގިނަ އަބާޔާ ހޯދައިލުމަށް މިއީ ރަނުގެ ފުރުސަތެކެވެ.

ޑްރީމްސްކްލޮތިން އިން ތަފާތު އެކި ވައްތަރުގެ އަބާޔާ ތިބާ ބޭނުންވާ ސައިޒަކަށް، ބޭނުންވާ ކުލައިން ފަހައިދާނެއެވެ. ފަހަން ގިނަ ދުވަސްތަކެއް ނަގައިގެން، ދިގު އިންތިޒާރެއް ވެސް ކުރަން ނުޖެހޭނެއެވެ.

ޑްރީމްސްކްލޮތިން އިން ޒޫމް، ފުކުރޯ، ޝަބާނާ، ސޭ، މިރެކްލް ކްރޭޕް، މޮނާކޯ، އަދި ވޫލް ޕީޗް އޮރަގިރި ފެބްރިކްގައި، ތަފާތު ކުލަތަކުން، ބޭނުން ގޮތަކަށް އަބާޔާ ފަހައިދީ، އެކި ރަށް ރަށަށް ވެސް ފޮނުވައިދެއެވެ. އަދި މާލެ ސަރަހައްދުގައި ވެސް ޑެލިވަރީގެ ހިދުމަތް ދެއެވެ.

ޑްރީމްސްކްލޮތިންގެ ފޭސްބުކް ޕޭޖުން އެތަނުން ފަހާ އަބާޔާގެ ވައްތަރުތައް ފެންނަން ހުންނާނެއެވެ. ޒަމާނީ ފޮތީގައި ފަހާ ރީތި އަބާޔާތައް ”އިންސްޓެންޓް“ ކޮށްވެސް ގަނެލެވެން އެބަހުއްޓެވެ.

މި ތަނުގެ ހިދުމަތް އަވަސް ވެފައި، ކަސްޓަމަރުންނަށް ދޭ ޔަގީންކަމަކީ އަބާޔާގެ ކޮލިޓީ ރަނގަޅުވެފައި، އަގު ވެސް ބޮޑު ނުވާނެ ކަމުގެ ޔަގީންކަމެވެ.

މި އަބާޔާތަކުގެ ހާއްސަ އެއް ކަމަކީ، ގިނަ މެޓީރިއަލްތަކުން ފަހާ އަބާޔާ އިސްތިރި ކުރަންވެސް ނުޖެހުމެވެ. އަދި ތުއްތު ދަރިފުޅަށް ގާތުން ކިރު ދިނުމަށް ވެސް ފަސޭހަވާނެ އަބާޔާ ވެސް، ޑްރީމްސްކްލޮތިން އިން ފަހައިދެއެވެ.

ޑްރީމްސްކްލޮތިންގެ އަބާޔާއެއް އޯޑަރު ކޮށްލުމަށް 9906143އަށް ގުޅާލާށެވެ.

