”ފަށުވި ފޭރާން“ގެ ކަސްޓަމަރުންނަށް މި ރޯދަ މަހު ވެސް އޮތީ އުފާވެރި ޚަބަރެކެވެ. މިއީ އެކި ޑިޒައިންތަކުގެ އަބާޔާއަށް ހާއްސަ ފިހާރައެކެވެ.

Ads by Asuru

އެތަނުން ހާއްސަ ހަފްލާތަކަށް ބޭނުންވާ އަބާޔާ، އާއްމުކޮށް ލައި އުޅޭ އަބާޔާ، އުމްރާއަށް ދާއިރު ލާ އާދައިގެ އަބާޔާ، ބީޑެޑް އަދި އެމްބްރޮއިޑެރީ އަބާޔާ ވެސް އަތްފޯރާ އަގުތަކެއްގައި ލިބެން ހުރެއެވެ.

މިހާރު ވެސް 200އަށްވުރެ ގިނަ ޑިޒައިންތަކުގެ އަބާޔާ ލިބެން ހުރި ފަށުވި ފޭރާމުން ޕްރީ އޯޑަރ ކުރާ ކަސްޓަމަރުންނަށް އީދު ހެދުން ހިލޭ ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ.

ފަށުވި ފޭރާމުގެ އަބާޔާ

ފަށުވި ފޭރާމުން، އީދަށް ޕްރީ އޯޑަރުތައް ނަގަން ފަށާފައިވާއިރު، އޯޑަރު ދޭ ކޮންމެ ކަސްޓަމަރަކަށް ވެސް ގުރުއަތުގައި ބައިވެރިވެވޭނެއެވެ. ކުޑަ ކުދިންގެ އަބާޔާއަށް ވެސް ޕްރީ އޯޑަރު ދެވޭނެއެވެ. މި ޕްރޮމޯޝަންގެ ތެރެއިން ނަސީބުވެރި ފަރާތަށް ވެއްޖެނަމަ، އޯޑަރު ކުރި އީދު ހެދުން ހިލޭ ލިބޭނެއެވެ.

ފަށުވި ފޭރާމުން ބުނީ، ރޯދަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކަސްޓަމަރުންނަށް ޕްރީ އޯޑަރު ދެވޭނެ ކަމަށެވެ. ރޯދަ މަހުގެ 22 ވަނަ ދުވަހު ޕްރީ އޯޑަރު ކުރި ހެދުންތައް ލިބޭއިރު، އީދުގެ އާ ކަލެކްޝަން ވެސް، އެ ދުވަހު ފިހާރައިން ލިބިގެންދާނެ ކަމަށެވެ.

”އަބާޔާ ބޭނުންވާ ކުލަޔަކުން، ބޭނުންވާ ފޮއްޗަކުން، ޕްރީ އޯޑަރ ކޮށްލެވޭނެ. ކުޑަކުދިންގެ އަބާޔާ އަދި ބޮޑެތި މީހުންގެ އަބާޔާ ވެސް ޕްރީ އޯޑަރ ކޮށްލެވޭނެ.“

ފަށުވި ފޭރާމުގެ އަބާޔާ

ސެންޓާއި އަތްދަބަސް ވެސް ހޯދިދާނެ

ފަށުވި ފޭރާމުން ބުނީ، ރޯދަ މަހު މި ފެށި ޕްރޮމޯޝަނުގައި ސެންޓާއި އަތްދަބަސް ވެސް ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން ގުރުއަތުން ނެގޭ ފަސް ފަރާތަކަށް ސެންޓު ފުޅި، އަދި ފަސް ފަރާތަކަށް އަތް ދަބަސް ވެސް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ރޯދަ މަހުގެ ފަހު 10 ގައި އަބާޔާ، އަތް ދަބަސް އަދި ސެންޓުގެ ވަރަށް ހާއްސަ ސޭލެއް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ކުރިން ވެސް މިފަދަ ޕްރޮމޯޝަންތައް ހިންގި

ޯފަ

ށުވި ފޭރާމުން ވަނީ މީގެ ކުރިން ވެސް، ޕްރީ އޯޑަރުތަކުގައި މިފަފަ ޕްރޮމޯޝަންތައް ކާމިޔާބުކަމާއެކުގައި ކުރިއަށް ގެންގޮސް ނިންމާލާފައެވެ. ފަށުވި ފޭރާމުން ލިބެން ހުރި އަބާޔާ ޑިޒައިންތައް އެތަނުގެ ފޭސްބުކް، އިންސްޓެގްރާމް، ޓިކްޓޮކް އަދި ވައިބަރ ގްރޫޕުން ފެންނަން ހުންނާނެއެވެ.

ފަށުވި ފޭރާމުގެ އަބާޔާއެއް

”300 ރުފިޔާ އިން ފެށިގެން އެކި ރޭންޖުތަކުގެ އަބާާޔާ ލިބެން ހުންނާނެ. އަތް ދަބަސް 250 ރުފިޔާ އިން ފެށިގެން އެކި އަގުތަކުގައި ލިބެން ހުންނާނެ.“

މިއީ ކަސްޓަމަރުންނަށް ހަމަ ރަނުގެ ފުރުސަތެކެވެ. ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެފައި ވިޔަސް، ފަށުވި ފޭރާމުން އޮންލައިންކޮށް ޕްރީ އޯޑަރު ކޮށްލެވޭނެއެވެ.

ފަށުވި ފޭރާމުގެ އަބާޔާތަކެއް

ފިހާރަ ހުންނަނީ ކޮންތާކު؟

ފަށުވި ފޭރާންގެ ފިހާރަ ހުންނަނީ ހުޅުމާލޭގެ ރަބަރުގަސްމަގު، 9ގައެވެ. އެތަނަށް ގުޅާލުމަށް 7670427އަށް ޑައިލް ކޮށްލާށެވެ.