އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2024-ކ. ހިންމަފުށީ ގެ ޗެމްޕިއަންކަން ޓީމް ސިފްކޯއިން ހޯދައިފިއެވެ.
އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަ ކޮށް ހިންމަފުށި، ޅ. ނައިފަރު، ގދ. ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައެވެ.
ހިންމަފުށީ މަސްރޭހަށް ރެޖިސްޓަރ ކުރި 21 އަށްވުރެ ގިނަ ޓީމާއެކު އެ ރަށުގައި މި މުބާރާތް ފަށާފައިވަނީ 9 އޯގަސްޓް ވީ ހުކުރު ދުވަހުއެވެ.
ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފައެވެ.
ޗެމްޕިއަން ޓީމް: 999.35 ޕޮއިންޓާއެކު ޓީމް ސިފްކޯ
ދެވަނަ ޓީމް: 807.85 ޕޮއިންޓާއިއެކު ގޯޅިއަންސް ސްޕޯޓްސް ކްލަބ
3ވަނަ ޓީމް: 608.1 ޕޮއިންޓާއިއެކު ޑިޓިއުން ފިޝިންގ
އެންމެ ބަރު މަސް: ހަސަން ނައީމް، މާސްޓރކްލާސް – 37.7 ކިލޯގެ ފާނަ
އެންމެ މޮޅު ކެޔޮޅު – ފިރިހެން: ހަސަން އައްޒާމް، ގޯޅިއަންސް ސްޕޯޓްސް ކްލަބް، 25 މަސް
އެންމެ މޮޅު ކެޔޮޅު – އަންހެން: ފާތިމަތު ފެޒްލީން، ޑިޓިއުން ފިޝިންގ، 17 މަސް
އުރީދޫ މޯލްޑިވްސް ޓީމާއި މަސް ރޭހުގެ ބައިވެރިންގެ ފަރާތުން ހިންމަފުށީގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.