ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކާބޯތަކެތި އަޅުގަނޑުމެންގެ ތެރެއަށް ތައާރަފު ވަމުން ދިޔުމަކީ އައު ކަމެއް ނޫނެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން އެކި ގައުމުތަކުގެ ރަހަތައް ތަޖުރިބާކުރަން ލޯބި ވެސް ކުރެއެވެ. އެހެނެއް ކަމަކު، އެންމެ މީރީ ހަމަ ދިވެހި ރަހަތަކޭ ބުނާ މީހުން އަބަދުވެސް ގިނައެވެ.
ގަރުދިޔައާ ބަތުން ފެށިގެން، ރިހާކުރު ދިޔައާއި، މަސް ފެނާއި އެކި ބާވަތްތަކުގެ ރިހަތަކުގެ ލިސްޓެއް ހަދާ ނިމޭއިރު ވެސް، މީރު ދިވެހި ކެއުންތައް އަދަދު ނުކުރެވޭނެއެވެ.
މި ކެއުންތަކުގެ ”އަސްލު“ ރަހަ ނުކުމެ، ކެއުން އެންމެ މީރުވާ ކަމަށް ވަނީ ވެސް، ދިވެއްސެއްގެ އަތުން ތައްޔާރު ކުރީމައެވެ. ބިދޭސީންގެ އަތުން ތައްޔާރު ކުރާ ދިވެހި ރަހަތަކުގައި، ހަގީގީ ”ލޯކަލް ޓޭސްޓު“ ނުހުންނަ ކަމަށް ބުނާ މީހުން ގިނައެވެ.
އައިންތުގެ ބަދިގެއިން ހަމަ ޔަގީނުންވެސް ތިޔަ ބޭނުންވާ ދިވެހި ރަހަތައް ލިބިގެންދާނެއެވެ.
އައިންތުއެމްވީ ޕޭޖުގައި އިޝްތިހާރު ކޮށްފައިވާ ތަފާތު ކެއުންތައް، ކޮންމެ ދުވަހަކު ވެސް އޯޑަރު ކުރެވޭނެއެވެ.
ހަފްތާގެ ކޮންމެ ދުވަހަކަށް ވެސް، އައިންތުގެ ހާއްސަ މެނޫއެއް އޮވެއެވެ.
އެކި ދުވަސްތަކުގެ މެނޫތަކަށް ނަޒަރު ހިންގާލާއިރު، އެކި ބާވަތްތަކުގެ ރިހައާއި، ތެލުލި ރިހާކުރާއި، ރިހާކުރު ދިޔައާއި، މަސް ފެނާއި، ތެލުލި ބަނޑައިދުލާއި، ފިހުނު މަހާއި، ބަރަބޯ/ފަޅޯ ބަތާއި، ރޮއްޓާއި، ސަޓަނި ވެސް ލިބެން ހުރެއެވެ.
މިވަގުތު އެކަނިވެރި މަންމައެއް ކަމުގައިވާ އައިންތު އެހެން ވިޔަފާރިއެއްވެސް ކުރެއެވެ. އެހެންވެ، އޭނާ ކޮންމެ ދުވަހަކު ވެސް ކާތަކެއްޗަށް އޯޑަރު ނަގަނީ މަސައްކަތް ކުރެވޭ ވަރަކުންނެވެ.
ތިރީގައި މި ހިއްސާކޮށްލަނީ އައިންތުގެ އެކި ދުވަސްތަކަށް ހާއްސަ މެނޫތަކެވެ.
އާދިއްތަ ދުވަހުގެ މެނޫ:
ހޯމަ ދުވަހުގެ މެނޫ:
އަންގާރަ ދުވަހުގެ މެނޫ:
ބުދަ ދުވަހުގެ މެނޫ:
ބުރާސްފަތި ދުވަހުގެ މެނޫ:
ހުކުރު ދުވަހުގެ މެނޫ:
ހޮނިހިރު ދުވަހުގެ މެނޫ:
އައިންތުގެ ބަދިގެއިން ލިބެނީ އެކި ދުވަސްތަކަށް ހާއްސަ ކެއުންތައް އެކަންޏެއް ނޫނެވެ.
ދިވެހީންގެ ތެރޭގައި އެންމެ މަގުބޫލު ޗިލީ ޕޭސްޓާއި، ސަބްމެރިން އަދި ގިތެޔޮމިރުސް ސޯސްއާއި، ސީނި ސަމްބޯލްއާއި މަސްމިރުހާއި، ތެއްލި މަސް ފިޔާއާއި، ރާހުތް މިރުހާއި، ކެރެޓާއި ކަދުރުން ތައްޔާރުކޮށްފައިވާ އަސާރަ ވެސް އައިންތު ވިއްކައެވެ.
އައިންތުގެ ކެއުންތަކަށް އޯޑަރު ކޮށްލުމަށް އިންސްޓެގްރާމް އަދި ފޭސްބުކް ޕޭޖަށް މެސެޖު ކުރާށެވެ. 7724299އަށް ގުޅައި، ނުވަތަ މެސެޖުކޮށްގެން ވެސް އޯޑަރު ދެވޭނެއެވެ.
މީގެ ކުރިން ”އައިންތުސް ކިޗަން“ގެ ނަމުގައި ކެފޭއެއްވެސް އޭނާ ހިންގިއެވެ. އެކަން ހުއްޓައިލައި، ގޭގައި މަސައްކަތް ފެށީ، އޭރު ބަލި ވެގެންނެވެ.
ދަރިންގެ އެހީތެރިކަމާއެކު ވިޔަފާރި ކުރިއަރުވަން މަސައްކަތް ކުރާ އައިންތުގެ ހުވަފެނަކީ އަލުން ކެފޭ ހުޅުވުމެވެ.