އުރީދޫ ކްލަބް ޕްރީމިއާ ކަސްޓަމަރުންނަށް ހާއްސަ އެމް-ފައިސާ ކޭޝްބެކް އޮފަރއެއް އެކުންފުނިން އިއުލާންކޮށްފިއެވެ.
އުރީދޫން ބުނީ، މި ހާއްސަ އޮފަރގެ ދަށުން، އެމް-ފައިސާ މެދުވެރިކޮށް ބިލްތައް ދައްކާ ފަރާތްތަކަށް އަދި ވިޔަފާރި ކުރައްވާ ފަރާތްތަކަށް، އަދަދުގެ ފަސް ޕަސެންޓާ ހަމައަށް އަނބުރާ އެމް-ފައިސާ ވޮލެޓަށް ރައްދުކުރެވޭނެ ކަމަށެވެ. އަދި އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ކޭޝްބެކް ލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، މެންގޯ، ސޮނީ ލައިފްސްޓައިލް، ސެންޓްރަލް ޕާކް، ސްކައިފޯލް އަދި މިނޫން ވެސް ގިނަ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި އެކު އެމް-ފައިސާ އިން ވަނީ ޕާޓްނާ ވެ، އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ މަގުފަހިކޮށްދީފައިވެއެވެ.
އުރީދޫން ބުނިގޮތުގައި ޕްރޮމޯޝަންގެ މުއްދަތުގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކްލަބް ޕްރިމިއާ މެމްބަރުންނަށް ފައިސާ ދައްކާ ނިމުމުން ކޭޝްބެކް ވޮލެޓަށް ކްރެޑިޓްވި ކަމުގެ އެސްއެމްއެސް އެއް ލިބޭނެއެވެ. އަދި ސުޕަނެޓް 40އެމް ނުވަތަ ޕޯސްޓްޕެއިޑް 1000 ރުފިޔާ އަދި އެއަށްވުރެ މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބް ކުރާ މިހާރުގެ އަދި އާ ކަސްޓަމަރުންނަށް ކްލަބް ޕްރިމިއާގެ ހާއްސަ އޮފާތައް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ޕެކޭޖް އަޕްގްރޭޑް ކޮށްލުމަށް https://www.ooredoo.mv/webapps/register/public ޒިޔާރަތްކޮށްލައްވާށެވެ.
އެމް-ފައިސާ އަށް ރެޖިސްޓާކުރުމަށް:
- އުރީދޫ އެޕް ޑައުންލޯޑްކުރޭ http://ore.do/app
- އެމް-ފައިސާ ޚިޔާރުކުރެއްވުމަށްފަހު ރެޖިސްޓްރޭޝަންއަށް ފިތާލާ
- މައުލޫމާތު ފުރިހަމަކުރުމަށްފަހު، އެކައުންޓް އެކްޓިވޭޓް ކުރުމުން ލިބޭ އޯޓީޕީ ނަންބަރު ޖަހާ
- މޮބައިލް ނަންބަރު ޖެހުމަށްފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖަހާ
- ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެހުމަށްފަހު ކުރިން ޖެހި ޕިން ނަންބަރު ޖަހާ
- ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖެހުމަށްފަހު ރެޖިސްޓްރޭޝަން ފުރިހަމަ ކުރޭ.
އުރީދޫން ބުނިގޮތުގައި ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެވޭނެއެވެ.