އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ބ. ކުޑަރިކިއްޔަށް ތައާރަފްކޮށްފިއެވެ.
އުރދޫން ބުނީ ބާރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މިޚިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބާ ސުޕަނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން، އަންނަ މަސް ނިމުމުގެ ކުރިން މި ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް މެޗެއް ގަތަރުގައި ލައިވްކޮށް ބަލާލުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯގައި އޮޓަމެޓިކުން ބައިވެރިވެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ފައިބާ ސުޕަރނެޓް ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކުގެ އިތުރުން ޑޭޓާ ރޯލްއޯވާ ޚިދުމަތާއެކު މިވަގުތު މާކެޓްގައި އެންމެ ފުރިހަމަ ޕްލޭންތައް ކަމަށެވެ.
”އިންޓަނެޓަކީ މިހާރު އާންމު ދިރިއުޅުމުގެ ކަންކަން ކުރުމަށާއި ދިރިއުޅުން އިތުރަށް މުއްސަނދިކުރުމަށް ވެސް އެންމެ މުހިންމު އެއް ވަސީލަތެއް. އެހެން ކަމުން މިއަދު ކުޑަރިކިލުގެ ރައްޔިތުންނަށް ފައިބާ ސުޕަނެޓް ފޯރުކޮށްދީ އިތުރު ފުރުސަތުތަކާ ގުޅުވާލަދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ސުޕަނެޓްގެ ޚިދުމަތް އަލައް ނަގާ ފަރާތްތަކަށް ގަތަރުގައި މި އަހަރު ބާއްވާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗެއް ބަލާލަން ދިއުމުގެ ފުރުސަތުވެސް އިތުރަށް ހުޅުވިގެންދާނެ،“ ނިޔާޒް ވިދާޅުވިއެވެ.
ދާދި ފަހުން އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ކަސްޓަމަރުންނަށް ލިބެއެވެ. މީގެ އިތުރުން ސުޕަރނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ޚިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާ އަށް އިތުރުވެގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.
