އުރީދޫ މޯލްޑިވްސްގެ ކޯލް ސެންޓަރަށް އައިއެސްއޯ ސެޓްފިކެޓް ހާސިލު ކޮށްފައިވާކަން ފަހުރުވެރިކަމާއެކު އިޢުލާއުނުކޮށްފިއެވެ.
މިއާއެކު އުރީދޫގެ ކޯލް ސެންޓަރު ވެގެން ގޮސްފައި ވަނު ރާއްޖޭގެ ފުރަތަމަ އައިއެސްއޯ ސެޓިފައިޑް ކޯލް ސެންޓަރަށެވެ. އަދި މި ސަރަހައްދުގެ ދެވަނަ އައިއެސްއޯ ސަޓިފައިޑް ކޮންޓެކްޓް ސެންޓަރަށެވެ.
މި މުހިންމު ސެޓިފިކޭޝަންގައި އުރީދޫގެ އިން-ހައުސް ކޯލް ސެންޓަރުގެ އޮޕަރޭޝަންތަކާއި ކްލައިންޓް ކޯލް ސެންޓަރުގެ މެނޭޖްމަންޓް ހިމެނޭއިރު، ފެންވަރު ރަނގަޅު ހިދުމަތާއި ކަސްޓަމަރުންގެ ހިތްހަމަޖެހުމާއި އޮޕަރޭޝަނަލް އެކްސެލެންސްއަށް އުރީދޫއިން ދޭ އަހައްމިއްޔަތުކަން ފާހަގަކޮށްލެވެއެވެ.
އައިއެސްއޯ ސެޓްފިކޭޝަން ޕްރޮސެސް 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށުނު އިރު، ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޓަނޭޝަނަލް މިންގަނޑުތައް ތަންފީޒުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ރަގަޅު ކުރެވޭނެ ގޮތްތައް ހޯދައި، އަދި އެސެސްމަންޓްތައް ކުރިއަށް ގެންދެވުނެވެ.
މިކާމިޔާބީއިން ދައްކުވައިދެނީ، ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތައް ގެންގުޅުމަށާއި، މަސައްކަތް ކުރުމުގައި ގެންގުޅޭ މިންގަނޑުތަކާއި، ކޯލް ސެންޓަރުގެ އޮޕަރޭޝަންތަކުގައި ކަސްޓަމަރުންގެ ތަޖުރިބާގެ ފެންވަރު ރަގަޅުކުރުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުން ގެންދާ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ކާމިޔާބީއާއެކު އުރީދޫން ވަނީ ރާއްޖޭގެ ކޯލް ސެންޓަރުތަކުގެ ކޮލިޓީއަށް އާ ބެންޗްމާކެއް ގާއިމްކޮށް، ކަސްޓަމަރުންނަށް ހިދުމަތުގެ ފެންވަރު ރަނގަޅުކަމުގެ ޔަގީންކަން ދީ، ޓެލެކޮމިއުނިކޭޝަންގެ ސަރަހައްދީ ލީޑަރެއްގެ މަގާމު އިތުރަށް ހަރުދަނާކޮށްފައި ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ސެޓްފިކޭޝަންގެ ސަބަބުން ކަސްޓަމަރުންނަށް އީޖާދީ ހިދުމަތް ދިނުމުގައި އުރީދޫއިން ކުރަމުން އަންނަ މަސައްކަތުގައި ޔަގީންކަމުގެ އިތުރުން، ރާއްޖޭގެ ޑައިނަމިކް މާކެޓުގެ ކުރިއަރަމުން އަންނަ ޑިމާންޑްތައް ފުއްދުމަށްޓަކައި ރެޒިލިއަންޓް އަދި ހައި ޕާފޯމިން ސާވިސް އިންފްރާސްޓްރަކްޗާއެއް ބިނާކުރުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތު ފާހަގަވެއެވެ.
މި ސެޓްފިކޭޝަންގައި ކޯލް ސެންޓަރ މެނޭޖްމަންޓްގެ މުހިންމު ހުރިހާ ކަމެއް ހިމެނޭއިރު، އޭގެ ތެރޭގައި ސަރވިސް އެފިޝަންސީ، ރެސްޕޮންސިބިލިޓީ، ކަސްޓަމަރުންގެ ހިތްހަމަޖެހުން، ޑޭޓާ ސެކިއުރިޓީ އަދި ސަރވިސް ރިލައިބިލިޓީ ހިމެނެއެވެ.
މި ސަރޓިފިކޭޝަންގެ ސަބަބުން ކަސްޓަމަރުންނަށް އެންމެ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް އުރީދޫއިން ކުރަމުން އަންނަ އަމާޒަށް އިތުރު ކުރިއެރުމެއް ލިބިގެންދާއިރު، މިއިން ދައްކުވައިދެނީ އެ ކުންފުނިން މިހާރު ވެސް ހިދުމަތް ރަނގަޅު ކުރުމަށް ކުރާ މަސައްކަތެވެ.
އައިއެސްއޯ ސެޓްފިކޭޝަންގެ ދަށުން އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވަކިވަކި ކަސްޓަމަރުންނާއި ވިޔަފާރިތަކަށް އިތުބާރުކުރެވޭ ޕާޓްނަރެއްގެ ގޮތުގައި ހިމަނާފައިވާއިރު، ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ އަގު ވަޒަންކުރާ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫ އިން ބުނިގޮތުގައި ޑިޖިޓަލް މޯލްޑިވްސްގެ ދަތުރު ކުރިއަށް ގެންދާއިރު، މި ސެޓިފިކޭޝަނަކީ ރާއްޖޭގެ ޓެލެކޮމް ދާއިރާއަށް ކުރިއެރުންތައް ހޯދުމުގެ ލެގަސީއަށް އިތުރުވި ބާބެކެވެ.